|
ދޮގާއި މަކަރު
|
އޮލިމްޕަސް ސީލިންގ ވެއްޓުނު ކަމަށް ބުނެ މުއިއްޒުގެ ސަރުކާރުން ދޮގު ޚަބަރު ނޫސްތަކުގައި ފެތުރި، ވެއްޓިފައިވަނީ އޮލިމްޕަސް ބޭރުގައި ހުރި ކެފޭއެއްގެ ސީލިންގ
|
|
ދޮގާއި މަކަރު
|
ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދޭ ”ނާރެސް“ ޕްރޮގްރާމް އަކީ މި ސަރުކާރުން ފެށި މަސައްކަތެއް ކަމަށް ދެއްކުމަށް، ބޮޑު ރަސްމިއްޔާތެއް ބާއްވައި އަނެއްކާވެސް ދޮގު ހެދި
|
|
ވައްކަމާއި ރިޝްވަތް
|
5 އަހަރު ވަންދެން ބޭނުން ނުކޮށް ހުރި 42,000 މީހުންގެ ބޭންކު އެކައުންޓް ތަކުގައި ހުރި ފައިސާ، އެމީހުންނަށް ނާންގައި ދައުލަތަށް ނެގުމަށްޓަކައި، އެމްއެމްއޭއިން އެ އެކައުންޓްތައް ބަންދު ކުރި
|
|
ދޮގާއި މަކަރު
|
ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެ އަށް ހެޔޮ އަގުގައި ގެނައުމަށް ކުރީ ސަރުކާރުން ސޮއެ ކޮށްފައި ވަނިކޮށް، މި ސަރުކާރުން ކުރި ކަމެއް ކަމަށް ބުނެ ދޮގު ހަދައިގެން ސަރުކާރުން ނޫސް ބަޔާން ނެރުނު
|
|
ވައްކަމާއި ރިޝްވަތް
|
ރާއްޖޭގެ މައި ބަނދަރު ފިލިޕީންސްގެ އައިސީޓީއެސްއައި ކިޔާ ކުންފުންޏަކަށް ވިއްކާލުމަށް ރިޝްވަތުގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ މުއިއްޒު ނަގާފައިވޭ!.
|
|
އިސްރާފާއި ޚިޔާނާތް
|
ރާއްޖޭގެ މައި ބަނދަރު ފިލިޕީންސްގެ އައިސީޓީއެސްއައި ކިޔާ ކުންފުންޏަކަށް ވިއްކާލުން.
|
|
އިސްރާފާއި ޚިޔާނާތް
|
ސީއެމްސީ ކިޔާ ދަމާ ކަނޑާ(ބްރޯކަރ) އެޖެންސީއަކަށް ރާއްޖޭގެ މީހުން އުޅޭ ސަރަހައްދުން 70 ހެކްޓަރު ބިން ދިނުން
|
|
ދޮގާއި މަކަރު
|
ހަރަދުކުޑަކުރަން ނިންމާފައިވާ ކަމަށް ބުނެ އިންޓަރނަލް މެމޯ އެއް ނެރުމަށް ފަހު، އަދި ސަރުކާރުން ޚަރަދު ކުޑަ ކުރުމަށް މަސައްކަތް ކުރާކަމަށް މުއިއްޒު ޓްވީޓް ކުރެއްވުމަށް ފަހު އާރުޑީސީއަށް 35،000ރ. ގެ މުސާރާގައި ދެ ކޮންސަލްޓެންޓުން ނެގުން
|
|
ދޮގާއި މަކަރު
|
ފުށި ދިއްގަރު ފަޅު ޕްރޮޖެކްޓަކީ ސަރުކާރުން އެއްވެސް ފައިސާއެއް ހޭދަ ނުކޮށް ހިންގާނެ ޕްރޮޖެކްޓެއް ކަމަށް ބުނެ 77 މިލިއަން ރުފިޔާ މިހާތަނަށް ވަނީދީފައި!
|
|
ދޮގާއި މަކަރު
|
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު ކުރީ ސަރުކާރުން ޖެނުއަރީ 2023 ގައި އެކުލަވާލާފައި ވަނިކޮށް، މި ސަރުކާރުން އެއީ އަލަށް ކުރާ ކަމެއް ކަމަށް ވަނީ ބުނެފައި
|
ރައީސް މުއިއްޒުގެ ދޮގު ލިސްޓް
:އެންމެ ފަހުން އަޕްޑޭޓް ކޮށްފައި ވަނީ
2024-07-23
ރާއްޖޭގެ ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު އަކީ ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިންނެއް ތިބި ކަމަށާއި، ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދެއް ވިއްކާފައި ވާކަމަށާއި، އުތުރު ތިލަފަޅުގައި މިލިޓަރީ ބޭހެއް އަޅަމުން ދާ ކަމަށް ބުނެ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލައިގެން ވެރިކަމަށް އައިސްފައިވާ ފަރާތެއް. ވެރިކަމަށް އައުމަށް ފަހުވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަކުރާރުކޮށް ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ދޮގު ހަދައި ދަނީ އޮޅުވާލަމުން. މީގެ އިތުރުން އަމިއްލައަށް "ވައްކަމާއި ރިޝްވަތު" އިތުރުކޮށް، ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވެ، މިލިއަނުން "އިސްރާފާއި ޚިޔާނާތް" އިތުރުވެފައި ވާތީ އެބައިތައްވެސް ހިމަނާފައި ވާނެ!